ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމް ވިދާޅުވީ، ޔޫއޭއީގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ތައުގް އަލް މައްރީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުންތައް އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށާއި، ރާއްޖެއާއި ޔޫއޭއީގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ އާ ގޮތްތަކާ ބެހޭގޮތުންވެސް އެމަނިކުފާނު ވަނީ ވާހަކަދައްކަވާފައެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ.ވެ. މީގެކުރިން ރާއްޖޭގެ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ތޯރިގް އިބްރާހިމް ޔޫއޭއީގެ އިގްތިސާދީ ވަޒީރާ ބައްދަލުކުރައްވާފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި އިގްތިސާދީ އެއްބާރުލުން އާ ހަރުފަތަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންދާ ދަނޑިވަޅެއްގައެވެ.