ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ ހަގީގީ އާމްދަނީ އޮޅުވާލުމާއި ސިއްރުކުރުން ހުއްޓުވުމަށްޓަކައި، ޒަމާނީ ޑިޖިޓަލް ނިޒާމެއް ސަރުކާރުން ތަރައްގީ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި އިސްލާހުގެ އިތުރުން އެހެން ބައެއް މުހިންމު ބިލުތައް ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި،ރައީސް ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުން 1 ސެޕްޓެމްބަރު 2026 އިން ފެށިގެން ލާޒިމުކޮށްފައިވާއިރު، ރައީސް ވިދާޅުވީ މި އާ ނިޒާމުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ބުކިންތަކާއި ލިބޭ ޖުމްލަ އާމްދަނީ މަރުކަޒީ ބޭންކް ) އަދި މީރާއަށް ވަގުތުން މޮނިޓާ ކުރެވި، އާމްދަނީގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
“ރިސޯޓްތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ. އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ބުނަން ކެރިދާނެ.”
ރައީސް ވިދާޅުވީ، ލޯނުތަކާއި، މުވައްޒަފުންގެ މުސާރަޔާއި، ހަރަދުތަކާއި އަދި ދުވަހުން ދުވަހަށް ހިންގުމަށްދާ ހަރަދުތައް ކެނޑުމަށްފަހުވެސް، އެ އަދަދު މާރުކުރުމުގެ ގާބިލުކަން އެ ރިސޯޓުތަކަށް ލިބޭނެކަމަށެވެ.ރައީސް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ދޭ މުސާރަ އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.ރައީސް ވަނީ ހުޮރިހާ ރިސޯޓަކަށްވެސް ގާނޫނަށް ތަބާވެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނު އުންމީދު ކުރައްވާ ގޮތުގައި މަސްދުވަހުގެ ތެރޭގައި މި ނިޒާމުގެ ތެރެއިން ހުރިހާ މައުލޫމާތެއް ލިބެން ފަށާނެއެވެ.