މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދާދިފަހުން ތައާރަފުކުރި “އަގުމަގު” މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 3،000 އިން މައްޗަށް އަރައި، ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެޕްލިކޭޝަންގެ ސަބަބުން ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތަކުގެ ހާމަކަން ބޮޑުވެ، ވިޔަފާރިވެރިންގެ މެދުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވިޔަފާރިތަކުގެ އެއްބާރުލުމާއެކު، ބާޒާރުގެ އަގުތައް ހާމަކުރުމަށްޓަކައި މިހާތަނަށް ޖުމްލަ 224 ފިހާރައަކުން މި އެޕްލިކޭޝަންގައި ރެޖިސްޓްރީކޮށްފައިވާ ކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދާދިފަހުން ތައާރަފުކުރި “އަގުމަގު” މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 2،724 އަށް އަރައި،މިވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެޕްލިކޭޝަންގެ ސަބަބުން ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތަކުގެ ހާމަކަން ބޮޑުވެ، ވިޔަފާރިވެރިންގެ މެދުގައި ވާދަވެރިކަން އުފެދި، އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ކޮންމެ ދުވަހަކު ބާޒާރުން މުދާ ގަންނައިރު ޚަރަދު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ މުހިންމު ވަސީލަތެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީއިން މީގެކުރިން ބުނީ، “އަގުމަގު” އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ ދެ ރަށެއްގެ މެދުގައި މުދަލުގެ އަގުތައް ހުރިގޮތް ވަގުތުން ވަގުތަށް އަޅާކިޔާލެވުމެވެ. މީގެ ސަބަބުން ކޮންމެ ދަތުރެއް ކުރުމުގެ ކުރިން ނުވަތަ ވިޔަފާރިއެއް ކުރުމުގެ ކުރިން އެންމެ ހެޔޮ އަގުގައި ތަކެތި ލިބެން ހުރީ ކޮން ރަށަކުންކަން އާންމުންނަށް ފަސޭހައިން ދެނެގަނެވޭނެއެވެ. މީގެ އިތުރުން، ގަންނަން ބޭނުންވާ މުދާ މޮނިޓަރކޮށް، އެ ތަކެތީގެ އަގަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެސް.އެމް.އެސް މެދުވެރިކޮށް ވަގުތުން ނޮޓިފިކޭޝަން ލިބޭނެ ނިޒާމެއްވެސް މި އެޕްގައި ހިމެނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1