ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އިސްވެރިން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ މެނޭޖްމަންޓާއެކު ރަސްމީ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ހައްޖުވެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭހާއި މެޑިކަލް ސަޕްލައި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ފަހިކުރުމާ ގުޅޭގޮތުންނެވެ. ހައްޖާޖީންނަށް ބޭނުންވާ ބޭސް އެއް ނިޒާމެއްގެ ދަށުން ހޯދުމަށްޓަކައި، ސްޓޭޓްފާމާ މެދުވެރިކޮށް ބޭސް ގަތުމަށް ހައްޖު ކޯޕަރޭޝަނުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ސްޓޭޓްފާމާއިން ބުނީ މިއީ ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ މި ގުޅުމަކީ، ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ސްޓޭޓްފާމާއިން ހާމަކުރިގޮތުގައި، ހައްޖު ކޯޕަރޭޝަނާއެކު މި ފެށޭ ގުޅުމަކީ ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް ލިބޭނެ މުހިންމު ފުރުސަތެކެވެ. އަދި ހައްޖާޖީންނަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭހާއި މެޑިކަލް ސަޕްލައި، އެއްވެސް ދަތިކަމެއް ނެތް ގޮތެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރަށް އޮތްކަން ސްޓޭޓްފާމާއިން ވަނީ ޔަގީންކޮށްދީފައެވެ.
މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު އެއް ނިޒާމެއްގެ ދަށުން ފޯރުކޮށްދޭ މައިގަނޑު އެއް މަސްދަރެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ މެޑިކަލް ޓީމުތަކާއި ބޭހުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މި މަސައްކަތުގައި ސްޓޭޓްފާާއިން ސިއްހީ ސާމާނާއި ބޭސް ފޯރުކޮށްދިނުމުގެ ގައުމީ މަސްއޫލިއްޔަތު އަދާކުރެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1