“މާލޭ ޓެކްސީ ލައިން” އެޕްލިކޭޝަން ހެކްކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެމްޓީސީސީން ދޮގުކޮށްފިއެވެ.
މީގެއިތުރުން، އެމްޓީސީސީގެ އައިސީޓީ ސެކިއުރިޓީ ޓީމަށް މާލޭ ޓެކްސީ ލައިންގެ ސިސްޓަމަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުމާއެކު، ސިސްޓަމްތައް ލޮކްޑައުންކޮށް، ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު އިއާދަކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
ހަމަމިއާއެކު، މިކަމުގައި އިހުމާލުވި މުވައްޒަފު މަގާމުން އެކަހެރިކޮށް ފިޔަވަޅުއަޅާފައިވާ ކަމަށާއި،ކަސްޓަމަރުންގެ ޚިދުމަތަށް ބުރޫ ނާރާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދެއެވެ.އަދި ކަސްޓަމަރުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބުނެ، މިފަދަ ހާލަތެއްގައި އެމްޓީސީސީން ވަނީ ހުރިހާ ބައިވެރިންގެ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ. ސަރުކާރާއި ވިޔަފާރީގެ ބައިވެރިން އަދި ކަސްޓަމަރުން ކުރައްވާ އިތުބާރަށް ވަނީ ޝުކުރު އަދާކޮށްފައެވެ.