ޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް (މެޑިކަލް ގްރެޖުއޭޓުން) ބޭނުންވާ މެޑިކަލް އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މެޑިކަލް ދާއިރާއިން ކިޔެވުން ނިންމާ ދިވެހި ދަރިވަރުންނަށް ޢަމަލީ ތަމްރީނު (މެޑިކަލް އިންޓާންޝިޕް) ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލްސްއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.އެގޮތުން،މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ 20 މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕްގެ ފުރުސަތު ލިބޭނެއެވެ. އަދި މި ތަމްރީނުތައް ކުރިއަށްދާނީ ޚާއްޞަ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ކަމަށްވުމުން، ދަރިވަރުންގެ އަމަލީ ހުނަރުތަކާއި ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުން މެޑިކަލް ޑިގްރީ ހާސިލްކުރާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނައިރު، ހޮސްޕިޓަލްތަކުން އިންޓާންޝިޕް ފުރުސަތު ހޯދުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަކީ ދިވެހި ޑޮކްޓަރުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ. ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލް ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ތަންތަނުން ލިބޭ މިފަދަ ފުރުސަތުތަކުން ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދިވެހި މެޑިކަލް ދަރިވަރުންނަށް ތަނަވަސްވެގެންދާނެއެވެ.