މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ހުޅުވުމާއި ގުޅިގެން، އާރްޓީއެލް މާލޭ ބަހުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީއިން ހާމަކުރިގޮތުގައި، މާލޭ ބަހުގެ ހިދުމަތް ހިމެނޭ، އޯކިޑް ރޫޓް އަދި ސޯސަން ރޫޓްގެ ދަތުރުތައް ކުރިއެކޭ އެެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން، 29 ޖުލައި އިން ފެށިގެން މޮ ދެ ރޫޓްގެ ބަސްތައް ދަތުރުކުރާނީ ތާވަލާއި އެއްގޮތަށް ބޮޑުތަކުރުފާނު މަގުން ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މިނިވަންދުވަހާއި ދިމާކޮށް މަގު ރަސްމީކޮށް ވަނީ ހުޅުވާފައެވެ. މި ބަދަލާއެކު އާންމު ރައްޔިތުންނަށް ވަނީ ހިނގާބިނގާވެ އުޅުމަށާއި، ޕާކިންގް މައްސަލައަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބުފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1