މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ އިޚްލާސްތެރިކަމާއެކު ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް ވަނީ، ރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެ
މީގެއިތުރުން، ދިވެހީންްގެ މިނިވަންކަމުގެ ދޮރޯށި ވަރުބަލިކަމެއްނެތި، ހުޝިޔާރުކަމާއެކު ބެލެހެއްޓުމުގެ އަޒުމާއެކު އެމްއޭސީއެލް އަބަދުވެސް ދެމި އޮންނާނީ، އިހުލާސްތެރިކަމާއެކު މިނިވަންކަމުގައި ރަމްޒެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.އިބްރާހީމް ޝަރީފްގެ މެސެޖު ނިންމާލައްވާފައިވަނީ، މި ލޮބުވެތި ވަތަން މިނިވަން ކަންމަތީ ލެހެއްޓެވުން އެދި ދުޢާއަކުންނެވެ.