ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12,500 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މިގްރޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެ ތެރޭގައި ރަސްމީކޮށް ޑީޕޯޓްކޮށްލި މީހުންގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ފޮނުވާލަންޖެހުނު ފަރާތްތައް ވެސް ހިމެނެއެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.