މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނިމިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެއްޖެއެެވެ.
ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމަށްފަހު ބާކީ ހުންނަ، ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) އަދިވެސް ހުރީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރުގަދަކޮށެވެ.އެމްްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.
މެއި 2026 ގެ ޔޫސަބަލް ރިޒާވް:
-
- ޖޫން 2026: 248.9 މިލިއަން ޑޮލަރު
- މޭ މަހާ އަޅާބަލާއިރު ދަށްވި އަދަދު: 11.9 މިލިއަން ޑޮލަރު
- މޭ 2026 ގައި ހުރި އަދަދު: 260.8 މިލިއަން ޑޮލަރު (248.9 + 11.9)
ޖޫން 2025 ގެ ޔޫސަބަލް ރިޒާވް:
-
- ޖޫން 2025 ގައި ހުރި އަދަދު: 203.0 މިލިއަން ޑޮލަރު
އެމްއެމްއޭ އިން ބުނީ، މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިއަހަރު މޭއި މަހާއި އަޅާ ބަލާއިރު ޖޫން މަހު އެގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނޭ ކަމަށް އެއިދާރާ އިން ބުނެއެވެ.
ހަމަމިއާއެކު،އެމްއެމްއޭ އިން މައުލޫމާތު ދިން ގޮތުގައިމިދިޔަ އަހަރު މާރިޗު މަހު ރާއްޖޭގެ ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، ޖޫން މަހުގެ ނިޔަލަށް ވަނީ 645.0 މިލިއަން ޑޮލަރުގެ ބޮޑު ދަށްވުމެއް އައިސްފައެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ރިޒާވުން އެންމެ ބޮޑު މިންވަރެއް ހޭދަވެގެން ގޮސްފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރާއްޖޭގެ މާލީ ސިޔާސަތުތައް ހަރުދަނާކޮށް އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލުތައް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގެ ރިޒާވް 1,331.8 މިލިއަން ޑޮލަރުގެ ރެކޯޑް މިންވަރަކަށް މަތިވެގެންދިޔައީ، ބޭރުގެ މާލީ އިދާރާތަކާއެކު ސަރުކާރުން ކުރި ކާމިޔާބު މަސައްކަތްތަކާއި ރާއްޖެއަށް ބޭރު ފައިސާ އިތުރުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އޭގެ ފަހުން އޭޕްރީލް މަހުން ފެށިގެން ރިޒާވުން 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައިވަނީ، ދައުލަތުން ބޭރަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކާއި ކުރު މުއްދަތުގެ ދަރަނިތައް އެއްވެސް ޑިފޯލްޓަކާ ނުލައި ގަވާއިދުން ދައްކާފައިވާތީއެވެ. މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު ދަމަހައްޓަން ސަރުކާރުން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1