މާލޭގެ އުތުރު ފަރާތް، ބޮޑުތަކުރުފާނުމަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެގޮތުން، މަގުގެ ޕާކިންގ ޒޯނާވީ ފަޅީގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަޝްރޫޢުގެ ސެގްމަންޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ވަނީ މައުލޫމާތުދިފައެވެ.
އެމްޓީސީސީ އިން މައުލޫމާތު ދިންގޮތުގައި،މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ކުރަން ހުރި ބައެއް މުހިންމު މަސައްކަތްތައްވެސް ނިމުމަކާ ވަނީ ގާތްވެފައެވެ. އެގޮތުން، މަގުގެ ސަބް-ބޭސްގެ ބާކީ ހުރި މަސައްކަތްތަކާއި، އޭބީސީ
ފަށަލަ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
މީގެއިތުރުން، ސެގްމަންޓް 2 އަދި 3 ގެ ކާބްސްޓޯން (މަގުގެ އަރިމަތީ ގާ) އެޅުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި އެ ސަރަޙައްދުގެ ތޮށިގަނޑުގެ މަތީ ފަށަލަ ކޮންކްރީޓް ކުރުމުގެ މަސައްކަތްތައްވެސް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. މި މަސައްކަތުގެ ބާކީ ހުރި ބައިތައް 11 ޖުލައި 2026 ގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ އުތުރު ފަރާތް ބޮޑުތަކުރުފާނުމަގަކީ މާލޭގެ ބަނދަރު ސަރަޙައްދާ ގުޅިފައިވާ، އަދި ގިނަ އަދަދެއްގެ މުދާ އުފުލާ އުޅަނދުތަކާއި އާންމުން ދަތުރުކުރާ މުހިންމު މަގެކެވެ. މި މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރުއެޅުމުގެ ބޭނުމަކީ މަގުގެ ފެންވަރު ރަނގަޅުކޮށް، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ބަނދަރު ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1