މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެންބަރުކަމާއި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް، ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ރަސްމީކޮށް މިކަން ހާމަކޮށްފައެވެ.
ހައްޖު ކޯޕަރޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމާ މިއަދު ފިރުޒުލް ހަވާލުވެވަޑައިގެންފައިވާއިރު، އޭނާއަކީ ގާނޫނީ ދާއިރާގެ ބޭފުޅެކެވެ.މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ ގެ މަގާމުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އިންތިގާލީ މަރުހަލާގައި،އިންތިގާލީ ކޮމިޓީގެ ރަސްމީ ތަރުޖަމާނެއްގެ ގޮތުން އެންމެ އިސްކޮށް މަޢުލޫމާތު ދެއްވީވެސް ފިރުޒުލްއެވެ.