ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރަކަށް ރިޝްވަތު ދެއްވި ކަމަށް ކުރީގެ ސީޕީ ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި،މުންދު ވަނީ ރައީސް މުއިއްޒަކީ ކުށެއް ނެތް، ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައެެވެ،މުންދު ވަނީ،ރައީސް އަކީ ވައްކަމާއި ކޮރަޕްޝަންގެ އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެ މައްސަލައިގެ ދޮގު ބަޔާން ދިނުމުގެ ދައުވާ ކޯޓުން ބާތިލު ކޮށްފައިވާ ކަން ފާގަހަކުރައްވާފައެެވެ.
އަދި ހުސައިން ވަހީދު ދައްކަވަނީ ތެދު ވާހަކަތަކެއް ނަމަ ކީރިތި ގުރުއާނުގައި އަތްލައި ހުވާކުރަން ގޮވާލައްވަމުން، އެފަދައިން ހުވާކުރަންދާ ނަމަ އޭނާގެ އަރިހުގައި ހުންނަވަން ތައްޔާރަށް ހުންނެވި ކަމަށާއި، ރަސްމީކޮށް ހުވާކޮށްފިނަމަ މުއައްސަސާތަކުން އެކަން ތަހުގީގު ކުރަންޖެހޭނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
“ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫނޭ. ނުވެސް ކުރާނެ. އަދި ރިޝްވަތު ދޭނެ ބޭފުޅެއްވެސް ނޫން.”
މުންދު އިތުރަށް ވިދާޅުވީ، އެ ދުވަސްވަރު އޭނާއަކީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ބޭފުޅަކަށް ވުމުން، ނޫމަޑި މައްސަލައިގައި ރައީސް މުޢިއްޒުގެ އެއްވެސް ކުށެއް ނެތްކަން ފަރުދީގޮތުން ސާބިތު ހެކިތަކާއެކު އެނގިވަޑައިގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޫމަޑި ރިސޯޓްސްއާއެކު ވެފައިވާ ބޯހިޔާވަހިކަމުގެ އެއްބަސްވުންތައް އުވާލި މައްސަލައިގައި، އެ ކުންފުނިން 155 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ބައިނަލްއަޤުވާމީ އާބިޓްރޭޝަނަށް ހުށަހެޅިއެވެ. މި މައްސަލައިގެ ތެރެއިން، އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1