މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެމްޓީސީސީ އިން ދެމުންދާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ވިލިމާލޭގައި ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވިލިމާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެެވެ.މި ޙިދުމަތް ރަަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަު ސައީދެވެ.
އެމްޓީސީސީިއިން ބުނީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ހަރުދަނާ ޤައުމީ ސިޔާސަތާ އެއްގޮތަށް، މި ޓެކްސީ ފްލީޓްގައި ހިމެނޭ ވެހިކަލްތަކަކީ، ތިމާވެއްޓާ ރައްޓެހި އީ.ވީ ވެހިކަލްތަކެއް ކަމަށެވެ.
އެމްޓީސީސީ އިން މައުލޫމާތު ދިން ގޮތުގައި މި ޚިދުމަތް ހޯއްދެވުމަށް، ކާރު ބުކް ކުރުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކޮށް އުފައްދާފައިވާ “މާލެ ޓެކްސީ” އެޕްލިކޭޝަން މެދުވެރިކޮށެވެ.އެއީ:
- އައިއޯއެސް (iOS): Apple App Store
- އެންޑްރޮއިޑް (Android): Google Play Store
މީގެއިތުރުން އެމްޓީސީސީ އިން ބުނީ،މާލެ ޓެކްސީ ލައިންގެ ޚިދުމަތް ކަސްޓަމަރުންނަށް 24 ގަޑިއިރު ލިބެން ހުންނާނެކަމަށާއި، މާލެ ޓެކްސީ ލައިންގެ ކާރުތައް އަބަދުވެސް ދަތުރުކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ރަސްމީ އަގުތަކަށް ކަމަށެވެ. މި ޚިދުމަތަށް ނެރެފައިވާ ކާރުތަކަކީ ޗަންގަން ބްރޭންޑްގެ 2 ދޮރުގެ ލުމިން މޮޑެލްގެ ކާރު އަދި 4 ދޮރުގެ އެސް.ޒީރޯ 7 މޮޑެލްގެ ކާރުތަކެއް ކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތު ދީފައެވެ.ހަމަމިއާއެކު،ވިލިމާލޭގައި ޚިދުމަތް ދިނުމަށް މިވަގުތަށް ޖުމުލަ 4 ކާރު ވަނީ ހަމަޖެހިފައެވެ.