މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފީފާ ވޯލްޑް ކަޕް 2026 ގެ ބްރޯޑްކާސްޓިންގ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ސިނާން ޢަލީއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބުއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޙުސައިން ނައުފަލް ނާޞިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީއިން ބުނީ، ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން، މުޅި ދުނިޔެ ގުޅުވައިދޭ މިފަދަ ބޮޑު ކުޅިވަރު ހަރަކާތެއް ދިވެހި ހުރިހާ ގޭބިސީތަކަކާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.މި އެއްބަސްވުމުގެ ދަށުން ވޯލްޑްކަޕްގެ މެޗުތައް ޔެސް ޓީވީ އަދި ޓެލެވިޒަން މޯލްޑިވްސް އިން ވަގުތުން ބަލާލެވޭނެއެވެ.
މިއީ ކޮންމެ ވޯލްޑް ކަޕަކާ ދިމާކޮށް ވެސް ރާއްޖޭގެ އެންމެ ބޮޑު މީޑިއާ ނެޓްވޯކް، ޕީއެސްއެމްއާ ގުޅިގެން ރައްޔިތުންނާ ހަމައަށް މެޗުތައް ފޯރުކޮށްދިނުމަށް އެމްޓީސީސީއިން އަދާކުރާ މުހިންމު ދައުރެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1