މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ރައީސްއޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު އެކުލަވައިލިއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން މޫސާ ޒަމީރު ފުރަތަމަ ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު އިސްތިއުފާ ދެއްވުމާ ގުޅިގެން، 30 ސެޕްޓެމްބަރު 2024 ގައި ޒަމީރު ބަދަލުކުރެއްވީ ފިނޭންސް މިނިސްޓަރު ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، އޭޕްރީލް 2026 ގައި ފިނޭންސް މިނިސްޓްރީގެ ދަށަށް ޕަބްލިކް އެންޓަރޕްރައިޒަސް (ސަރުކާރު ހިއްސާވާ ކުންފުނިތައް) ބެލެހެއްޓުން ބަދަލުކުރެވި، ޒަމީރުގެ މަޤާމަކީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ކަމުގައި ހަމަޖެހުނެވެ.