ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ.ނިލަންދޫގައި ފާހަގަކޮށްފިއެވެ.
މި އަހަރުގެ ދުވަހުގެ ޝިޢާރަކީ ފުޑް އެވްރި”ފްރޮމް ބަރޑަން ޓު ސޮލިއުޝަން – ސޭފްވެއަރ” (ތަކުލީފުން ޙައްލުތަކަށް – ރައްކާތެރި ކާބޯތަކެތި ހުރިހާތަނަކަށް) އެވެ.
ނިލަންދޫގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރު ޖީލާ ޢަލީއާއި، އެ ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި،ދުވަހާއި ގުޅިގެން ނިލަންދޫގައި އެކި ހަރަކާތްތައް ވަނީ ބާއްވާފައެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ނިލަންދޫގައި ދޮރުން ދޮރަށް ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ގޭގައި ރައްކާތެރި ކާމާއިއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ އުސޫލުތަކާއި އާދަތައް އާންމުންނަށް ކިޔައިދިނުން ކުރިއަށް ގެންދިޔައެވެ. އަދި ސުކޫލު ކުދިންނަށް ޙާއްސަކޮށްގެން އެސެމްބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެމްބްލީގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެންހާ މުހިއްމު ކަންތައްތަކަށް އަހުލުވެރިކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ.