އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، ޚިދުމަތުގައި ހުރި ފުލުސް އޮފިސަރެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހުށަހެޅި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ މުއައްސަސާގެ އޮފިސަރެއްގެ މައްޗަށް ކަމަށެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ވަކިން ބަލަމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުންނާއި ތަހުގީގު ކުރިއަށްދާތީ ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1