ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 84 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު،، އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން ވަނީ ޖުމްލަ 54 އޮޕަރޭޝަނެއް ފުރިހަމަކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ބަލިމީހުން އުފުލާފައިވަނީ ތަރޑް ސްކޮޑްރަންއިންނެވެ. އެއީ 16 މެޑިކަލް އިވެކުއޭޝަނެވެ.
އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި، ސެކަންޑް ސްކޮޑްރަންއިން 10 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، ފޯތު ސްކުއަޑްރަންއިން ވަނީ 4 މެޑިކަލް އިވެކުއޭޝަން ނިންމާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އަވަހަށް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މުހިންމު ދައުރެއް ކޯސްޓްގާޑުން އަދާކުރެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކޯސްޓްގާޑުން އަބަދުވެސް ދަނީ ސާބިތުކަމާއެކު ހަރަކާތްތެރިވަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1