އދ. ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 60 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް، އދ. ގެ އިޤްޠިޞާދީ އަދި އިޖުތިމާޢީ ކައުންސިލް ގެ 2027 އިން 2029 އަށް ހިނގާ ދައުރުގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވެ، ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ތާރީޚީ އަދި ފަޚުރުވެރި ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކާމިޔާބީން ކާމިޔާބީން ހާމަވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.
ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްޠިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ނާޒުކު ފަންތީގެ ޤައުމުތަކަށް ކުރިމަތިވާ ކުއްލި ގޮންޖެހުންތައް ރާއްޖެއަށް ވަރަށް ގާތުން ތަޖުރިބާކުރެވި، ދެނެގަނެވިފައިވާ ކަމަށެވެ. އަދި އދ. ގެ އިޤްޠިޞާދީ އަދި އިޖުތިމާޢީ ކައުންސިލް އީކޯސޮކް އިން ރާއްޖެއަށް ލިބުނު ގޮނޑީގެ ސަބަބުން، ދުނިޔޭގެ އެހެން ކުދި ޖަޒީރާ ޤައުމުތަކާއި ތަރައްޤީވަމުންދާ ޤައުމުތަކުގެ އިސްކަންދޭ ކަންކަމާއި އުންމީދުތަކުގެ ޙައްޤުގައި ވަކާލާތުކުރުމަށް ރާއްޖެއަށް އިތުރަށް ވަރުގަދަ މައިދާނެއް ލިބިގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތްކުރާނީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުން އަވަސްކުރުމަށް ކަމަށެވެ. އަދި އީކޯސޮކް މެދުވެރިކޮށް އިންޞާފުވެރި މާލީ ނިޒާމެއް ޤާއިމުކުރުމަށާއި، ކަންކަން ހާސިލުކުރުމުގައި ވަރުގަދަ ނަތީޖާތަކެއް ނެރުމަށާއި، ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަނެވޭނެ ފަދަ ރައްކާތެރި މުސްތަޤްބަލެއް ބިނާކުރުމަށް ރާއްޖެއިން ބާރުއަޅާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އދ. ގެ އީކޯސޮކްގެ ގޮނޑި ކާމިޔާބުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއަށް ކުރާ އިތުބާރުގެ ހެއްކެއް ކަމަށާއި، މި ދައުރުގައި ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގައި އިސްދައުރެއް އަދާކުރާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.ރާއްޖެއިން އީކޯސޮކްގެ ގޮނޑި ކާމިޔާބުކުރީ ވޯޓުގައި ބައިވެރިވި ގިނަ ޤައުމުތަކުގެ ތާއީދާއެކުއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1