ގދ. ފަރެސްމާތޮޑާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ(އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ދަނޑުގައި ފީފާ މިންގަނޑަށް ފެތޭ ފެންވަރު ރަނގަޅު އާޓިފިޝަލް ޓާފް އަޅާފައެވެ. މީގެ އިތުރުން ގޯލްޕޯސްޓް ހަރުކުރުމާއި، ދަނޑު ވަށައިގެން ރައްކާތެރިކަމުގެ ފެންސް ޖެހުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި ކުޅުންތެރިން ބޭނުންކުރުމަށް ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ފުރިހަމަކޮށްފައެވެ.
އެމްޓީސީސީ އިން ބުނިގޮތުގައި،ގާތްގަނޑަކަށް 1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުން،އިޖުތިމާއީ ގޮތުން އެ ރަށު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެއެވެ.
މި ދަނޑަކީ ފަރެސްމާތޮޑާގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށާއި، ރަށުގެ ޒުވާނުންނަށް ފުޓްބޯޅައިގެ ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1