ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. ކަސްޓަމްސް އިން ހިފެހެއްޓި މަސްތުވާތަކެތި ތަހުލީހު ކުރިއިރު، އެ ތަކެތި ފެތެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށެވެ.ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެއެވެ. އެއީ 941 ގްރާމް މެތަމްފެޓަމިން އެވެ.
މި މައްސަލައިގެ އިތުރު ތަހުގީގުތައް ހިންގުމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.
ފުލުހުން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި، އެއަރޕޯޓާއި ބޯޑަރު ސަރަހައްދުތަކުގައި ސްކްރީން ކުރުމާއި އިންޓެލިޖެންސް (ޖާސޫސީ) މައުލޫމާތު ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތައް ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން ވޭތުވެދިޔަ މަސްތަކުގައި ވައިގެމަގުން އެތެރެކުރަން އުޅޭ މިފަދަ ތަކެތި އަތުލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1