އއ. ފެރިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދިނުމަށްޓަކައި ބިނާކުރި އައު ޕޮލިސް ސްޓޭޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ރަސްމިއްޔާތުގައ،ި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބަރ އެންޑް ޓެކްނޯލޮޖ،ީ އޮނަރަބަލް ޢަލީ އިޙްސާން އާއ،ި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދާއި ފެރިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތާއ،ި ސީލިންގް ހަރުކުރުމާއ،ި ފެން ވަޔަރިން އަދި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތާއ،ި ކަރަންޓު ވަޔަރިން މަސައްކަތްތައް ވަނީ ކޮށްފައެވ.ެ މީގެ އިތުރުނ،ް ދަވާދުލުމާއ،ި ސެނިޓަރީ މަސައްކަތްތަކާއ،ިދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ވަށައި ފާރު ރޭނުމާއ،ި ފުރާޅު ފިލާ އަދި ދަގަނޑު މަސައްކަތްވެސް ހިމެނޭ ކަމަށެވެ. މިއީ 2.04 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ.
850 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އއ. ފެރިދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމު ކުރެވިގެން ދިއުމަކީ، ރަށަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ. ފެރިދޫއަކީ ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލަކަށް ވުމާއެކު، އެ ރަށުގައި މި ޤާއިމު ކުރެވުނު ޕޮލިސް ސްޓޭޝަނަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި، އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއްް އަދާކޮށްފައެވެ.އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.