ބ އަތޮޅު މާޅޮހުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ގާއިމުކޮށް، އެ ރަށު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މާޅޮހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައ،ި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބަރ އެންޑް ޓެކްނޯލޮޖ،ީ އޮނަރަބަލް ޢަލީ އިޙްސާން އާއ،ި ކޮމިޝަނަ ރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙަމަދު ޖަމްޝީދު އާއި މާޅޮސް ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީއިން ބުނީ،މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތާއ،ި ސީލިންގް ހަރުކުރުމާއ،ި ފެން ވަޔަރިން މަސައްކަތާއި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތާއ،ި ކަރަންޓު ވަޔަރިންގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، ދަވާދު ލުމާއ،ި ސެނިޓަރީ މަސައްކަތްތަކާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ވަށައި ފާރު ރޭނުމާއ،ި ފުރާޅު ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ،2.04 މިލިއަން ރުފިޔާއެވެ.
މާޅޮހުގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމާ ގުޅޭގޮތުން ކުންފުނިން ފާހަގަކުރި ގޮތުގައި، ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމަކީ ކުށްތައް މަދުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެކެވެ. އަދި މިއީ ރަށުގެ އިޖުތިމާއީ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއްގެ އިތުރުން، ރަށުގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާއިރު، 1980 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1