ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް (ކީވޯލް) ބިނާކުރުމާއި ޕޭވްމަންޓް އެޅުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ،
މިއީ ޖުމްލަ 18.80 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. 120 ދުވަހުގެ (4 މަސް ދުވަސް) ތެރޭގައި ނިންމަން ޖެހޭ މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ.
މަޝްރޫއުގެ ދަށުން ކުރެވޭނެ މަސައްކަތްތައް:
- ބަނދަރުގެ ބޭސިން ފުންކޮށް ހިއްކުން
- 112 މީޓަރުގެ އެއްގަމު ތޮށި ޝީޓްޕައިލް ކުރުން
- 30 ޓަނުގެ ބޯލާޑްސް (އުޅަނދުފަހަރު އައްސާ ތަންތަން) ޖެހުން
- ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ފުރިހަމަކުރުން
މި މަޝްރޫއު ނިމުމުން، ތިލަފުށީގެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށާއި އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1