ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ޕީއެންސީ މެންބަރު އަދި އޭދަފުށީ ދާއިރާގެ މެންނަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުލުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އަހުމަދު ސަލީމް ހޮވިވަޑައިގަތީ، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައި ކުރިހޯއްދަވައިގެންނެވެ.
ވޯޓުގެ ނަތީޖާ:
- އަހުމަދު ސަލީމް (ޕީއެންސީ): 62 ވޯޓު
- ހުސެއިން ޒިޔާދު (އެމްޑީޕީ): 10 ވޯޓު
- ބާތިލު ވޯޓު: 2 ވޯޓު
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އައު ނައިބު ރައީސް ކަމަށް އިންތިހާބުވި އަހުމަދު ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މެދުކެނޑުމެއްނެތި ގިނަ ދައުރުތަކެއް ފުރިހަމަކުރައްވާފައިވާ، ތަޖުރިބާކާރު މެންބަރެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1