ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ނެރެމުންދާ ދުންފަތާއި އެހެނިހެން ބާވަތްތަކުގެ ގެއްލުންދެނިވި އަސަރުތަކުން އަންނާން އޮތް ޖީލުތައް ރައްކާތެރިކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ޑަމް ސާޖިދާ އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ މުސްތަޤްބަލަކަށްޓަކައި ރާއްޖެއިން މިހާތަނަށް ތާރީޚީ ފިޔަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ވަބާއިން ޒުވާނުން މުޅިން ސަލާމަތްކުރުމަށްޓަކައި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ތަޢުލީމު ދިނުމުގެ އިތުރުން އެންމެންގެ ގުޅިފައިވާ އަވަސް މަސައްކަތްތަކެއް އަދިވެސް ނުހަނު ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންގެ ޒުވާނުންނަކީ ނިކޮޓިންގެ ވަބާއިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ބަޔަކަށް ވުމުގެ ޙައްޤު ފުރިހަމައަށް ލިބިގެންވާ ބައެއް ކަމަށެވެ. އަދި އެންމެން އެކުގައި އަތާއަތްގުޅާލައިގެން މަސައްކަތް ކޮށްގެން، ކޮންމެ ދިވެހި ރައްޔިތަކަށްޓަކައި މިއަށްވުރެ ފާގަތި މުސްތަޤްބަލެއް ހޯދައިދީ، ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފަ އެވެ.
ނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚިއްޞާކުރެއްވި މެސެޖުގައި ވިދާޅުވީ، ދުންފަތާއި ނިކޮޓިންގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ޢަޒުމް މިއަދު އާކުރައްވާ ކަމަށެވެ.
އެގޮތުން އީ-ސިނގިރޭޓް (ވޭޕް) މަނާކުރުމުން ފެށިގެން، ދުންފަތް މަނާކުރާ ޖީލެއް ބިނާކުރުމުގެ “ޖެނެރޭޝަނަލް ބޭން” ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަންފީޛުކުރާ ޤައުމަށް ވުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1