ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ފ.ދަރަނބޫދޫގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވައި ދެއްވައިފިއެވެ.
އެކަމަނާ އެ ރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެކަމަނާ ދަނޑު ހުޅުވައި ދެއްވީ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްތުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ބައިވެރިވެވަޑައި ގެންނެވިއެވެ.
އެކަމަނާ ވަނީ މި ދަނޑު ހުޅުވުވުމުގެ މުނާސަބަތު ގައި ބޭއްވި 12 އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅުނު ފުޓްސަލް މެޗް ބައްލަވާލައްވާފައެވެ. އަދި މި މެޓުގައި ކުޅުނު ދެ ޓީމަށް ހަދާނީ ފިލާ ވެސް ހަވާލުކޮށްދެއްވާފައި ވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1