ހުޅުމާލޭ ކޮވިޑް ފެސިލިޓީ ޖަލު ޔުނިޓްއަކަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، ހުޅުމާލެ ޕޮލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށެވެ.އެގޮތުން، ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ބަދަލުކުރެވިފައިވާ ކަމަށް ކަރެކްޝަނަލް ސާރވިސް އިން ވަނީ ބުނެފައެވެ.
ކަރެކްޝަންސް އިން ބުނީ، މިއީ ޙުކުމް ތަންފީޒުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު، ބިނާކުރެވޭ ޔުނިޓް އެއް ކަމަށެވެ.
މީގެއިތުރުން، އަދި މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މިހާރު ކަރެކްޝަންސް އިން މިޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންގެ ރިސްކް ބޮޑު ބުރަ މަސައްކަތާއެކުގައި ކަމަށް އެ މުއައްސަސާ އިން މައުލޫމާތު ދިނެވެ.
ޖުމްލަ 140 އަށްވުރެ ގިނަ ގައިދީންގެ ޖާގަ ހިމެނޭ ގޮތަށް އޭސީކޮށް ތަރައްގީކުރި މި އާ ޔުނިޓުގެ ސަބަބުން، ކޯޓުތަކަށާއި ސިއްހީ ފަރުވާއަށް ގައިދީން އުފުލުމުގައި އޮފިސަރުންނަށް ދިމާވާ ނުރައްކާތަކާއި ހުރަސްތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.