ތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއް الله ވިދާޅުވެއްޖެއެވެ.
އަބްދުއްރްހީމް ވިދާޅުވީ، މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް،ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުށައެއް ނާޅުއްވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއް ކަމަށެވެ.
“ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެ.” އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ކުރިއަށް އޮތް ބޮޑު ކޮންގްރެސް އިންތިޒާމުކުރުމުގެ ހުރިހާ ބާރެއް ޕާޓީގެ ލީޑަރޝިޕަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވިއެވެ. ނަމަވެސް ސެނެޓުގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްނުކޮށް، އާންމު މެންބަރުން ހިމެނޭ ވަކި ޚާއްޞަ ކޮމިޓީއަކާ އެކަން ހަވާލުކުރަން ނިންމި ކަމަށް ބުނެ ޚަބަރު ފެތުރިއެވެ.
ޕީއެންސީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަން ހާމަކުރައްވާފައެވެ.