މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރު، އެޕްރީލް މަހު އެކި ކަންކަމަށް 3.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ..
އެގޮތުން މިދިޔަ އެޕްރީލް މަހު ޖުމްލަ 3,811,259.91 ރުފިޔާ ބަހާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު ބެހި 2,828,118.28 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފައިސާގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ބެހޭ އެކިއެކި މަޝްރޫޢުތަކަށެވެ.
ފަގީރުންނާއި މިސްކީނުންގެ ގާތްގަނޑަށް ކުރި ހޭދަ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1,179,397.99 ރުފިޔާއިން، 2026 ވަނަ އަހަރުގެ އެޕްރީލް މަހު 1,449,239.39 ރުފިޔާއަށް ވަނީ މަތިވެފައެވެ. އޭގެ ތެރޭގައި:
- އަސާސީ ބޭނުންތަކަށް ދިން އެހީ: 42,500 ރުފިޔާއިން 182,731 ރުފިޔާއަށް ބޮޑުތަނުން އިތުރުވިއެވެ.
- ބޭސްފަރުވާއަށް ދިން އެހީ: 1,136,897.99 ރުފިޔާއިން 1,266,508.39 ރުފިޔާއަށް އިތުރުވިއެވެ.
2025 ވަނަ އަހަރުގެ އެޕްރީލް މަހު މި ބަޔަށް 483,077.82 ރުފިޔާ ހޭދަވިއިރު، މިދިޔަ އެޕްރީލް މަހު އެ އަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްކޮށްފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ކުޑަވުމެކެވެ.
ފީސަބީލިﷲ މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް:
އެންމެ ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެއް އައީ “ފީސަބީލިﷲ” ގާތަށެވެ. އިސްލާމީ ތަޢުލީމާއި ޤުރުއާން އާލާކުރުމުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ސަބަބުން، މި ބަޔަށް ކުރި ހޭދަ 2025 ވަނަ އަހަރުގެ 1,103,590.47 ރުފިޔާއިން، 2026 ވަނަ އަހަރުގެ އެޕްރީލް މަހު 2,167,016.73 ރުފިޔާއަށް ވަނީ މަތިވެފައެވެ.
އެޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 (ފަސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތަރު ހާސް އަށްސަތޭކަ ނުވަދިހަ ތިން) ރުފިޔާ ވަނީ ބަލައިގެންފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށަށް ދިއުމެކެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1