އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ބިދޭސީން މަސައްކަތްކުރާ ވޯކްސައިޓްތައް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާ އަވަސްކުރުމުގެ ގޮތުން، މީގެ ކުރިން ހުށަހަޅަންޖެހޭ އަދި ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހަމަޖައްސައިފިއެވެ.
މި ހިނގާ މޭ މަހުގެ 24 އިން ފެށިގެން ޢަމަލުކުރަން ފަށާ މި އާ އުސޫލުގެ ދަށުން، ކުންފުނިތަކާއި އެމްޕްލޯޔަރުންނަށް ސިސްޓަމްގެ ތެރެއިން ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެ ކުރިން ބިދޭސީން ގެންގުޅޭ ކޮންމެ ސައިޓެއް ރަޖިސްޓްރީ ކުރާއިރު، ޔޫސަރ ޑިކްލެރޭޝަން ފޯމު ފުރައި، ސޮއިކޮށް، ނޮޓަރައިޒް ކުރުމަށްފަހު ސިސްޓަމަށް އަޕްލޯޑް ކުރަންޖެހެއެވެ. ނަމަވެސް އާ ބަދަލާއެކު، ދެން ސައިޓް ރަޖިސްޓްރީ ކުރާނީ އެކްސްޕެޓް ޕޯޓަލް ތެރެއިން ސިސްޓަމުން ދައްކާ އިލެކްޓްރޯނިކް އިގުރާރަށް އެއްބަސްވެ، ހަމައެކަނި “ޓިކް” ކޮށްލައިގެންނެވެ.
އެކްސްޕެޓް ސިސްޓަމަށް ދާދިފަހުން ވަނީ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އީފާސް މެދުވެރިކޮށް އެކަނި ލޮގިންވެވޭ ގޮތަށްވެސް ހަދާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1