ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް (ޤާނޫނު ނަންބަރު 8/2009) މުހިންމު ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
އެގޮތުން، . މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި މި ބިލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، އާ އުސޫލުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.މި އިޞްލާޙުގެ ދަށުން އަސާސީ ޕެންޝަނުގެ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ އިތުރަށް އެހެން ދިމާދިމާއިން އާމްދަނީ ލިބޭ ފަރާތްތަކަށް، ދެން އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިއީ ޕެންޝަން ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލެކެވެ.
އައު ބިލުގެ ދަށުން،
- ގެދޮރު ޢިމާރާތްކުރުމާއި މަރާމާތު: ގެދޮރުގެ ބޭނުންތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް (ރަހުނު) ކުރެވޭނެއެވެ.
- ޙައްޖުގެ އަޅުކަން: ޙައްޖަށް ދިއުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ފަންޑުގެ ފައިސާ ބޭނުންކުރެވޭނެއެވެ.
- ބޮޑެތި ބަލިތައް : ފަރުވާ ނެތް ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ މީހުންނަށް ފަންޑުން ފައިސާ ދޫކުރެވޭނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ބަދަލުތަކަކީ ޕެންޝަން އޮފީހުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ބޭނުންޖެހޭ ވަގުތުތަކުގައި ފަންޑުގެ މަންފާ ލިބިދިނުމަށްޓަކައި ގެނެވުނު މުހިންމު އިޞްލާޙުތަކެކެވެ.