ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް “މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް” އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްއޭގެ ޝަރުތުތައް ފުރިހަމަކޮށް، ނަމާއި އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމުގެ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ،
އެމްއެމްއޭ އިން ބުނީ،މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަރުކަޒީ ބޭންކުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.މީގެ ސަބަބުން ބޭންކިންގ ސިނާއަތުގެ ވާދަވެރިކަން އިތުރުވެ، އާންމު ރައްޔިތުންނަށް މާލީ ޚިދުމަތްތައް މާ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.
އެމްއެމްއޭ އިން ބުނީ، ހަރުދަނާ އުސޫލުތަކަކުން ބޭންކުތައް ބަލަހައްޓައި، އެންމެންނަށް ބައިވެރިވެވޭ މާލީ ނިޒާމެއް ދެމެހެއްޓުމަކީ އެ އަތޯރިޓީގެ އަމާޒެއް ކަަމަށެވެ.