ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން (އެސެޓް ޑެކްލަރޭޝަން) ރަސްމީކޮށް އާންމު ކުރައްވައިފިއެވެ.
ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ހާމަކުރުމުގެ ސިޔާސަތުގެ ދަށުން އާންމުކުރި މި ބަޔާނުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީއާއި މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފްޞީލުތައް ވަނީ ހާމަކުރައްވާފައެވެ.
- މުސާރަ: 285,024.00 ރުފިޔާ
- ހުޅުމާލޭ ރޯހައުސް ކުލި: 240,000.00 ރުފިޔާ
- ޢާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާ (މ. ފިގު): 180,000.00 ރުފިޔާ
މި މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި ޖުމުލަ 282,927.30 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
- ޤާނޫނު ނަންބަރު 11/2009 ގެ ދަށުން ލިބޭ މުސާރަ(ފަސްޓްލޭޑީ އެލަވެންސް): 199,999.98 ރުފިޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ކޮންސަލްޓަންޓް ފީ: 78,000.00 ރުފިޔާ
- ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ލިބޭ އެލަވަންސް: 4,927.32 ރުފިޔާ
- ހުޅުމާލޭ ރޯހައުސް (2 ޓެރަސް ބާ): 5,919,500.00 ރުފިޔާ
- މ. ފިގު (ބިން – ހިބައިން ލިބުނު ބައި): 260,000.00 ރުފިޔާ
- ހއ. ވަށަފަރު (ބިން): 150,000.00 ރުފިޔާ
- މ. ދިމްޔާތު (ބިން): ވާރުތައިން ލިބިފައިވާ މުދާ
- ބީއެމްއެލް ސޭވިންގްސް އެކައުންޓް: 1,701,470.44 ރުފިޔާ
- ބީއެމްއެލް ކަރަންޓް އެކައުންޓް: 184,845.52 ރުފިޔާ
- އެމްއައިބީ ސޭވިންގްސް އެކައުންޓް: 1,000.00 ރުފިޔާ
- މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީ : 1,319,265.13 ރުފިޔާ (ދައްކަން ބާކީ ހުރި އަދަދު)
މި މާލީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހާމަކަން ބޮޑުކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ ރަސްމީ ލިޔެކިޔުމެކެވެ.
މާލީ ބަޔާން ހާމަކުރުމަކީ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ގޮތެއްގައި މުއްސަނދިކަން ހޯދުން ހުއްޓުވުމަށާއި، ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.