ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރި ފުރަތަމަ ސީދާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ރާއްޖޭގެ ވައިގެ އުދުހުންތަކުގެ ތާރީޚަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މި ތާރީޚީ ދަތުރަށްފަހު، ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ފުލް ފްލައިޓެއްގެ ގޮތުގައި އެނބުރި ރާއްޖެ އައުމަށް މި ބޯޓު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ ހެނދުނު އޯސްޓްރޭލިއާގެ މެލްބަން އަށް ފުލައިޓު ޖައްސާފައިވާއިރު،ފްލައިޓް މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ފަތިހު ވަނީ ޖައްސާފައެވެ.ފުރަތަމަ ކޮޅު ހަފްތާއަކު އެއް ފްލައިޓް ބޭއްވި ނަމަވެސް، ޑިމާންޑް ބޮޑުވާ ވަރަކަށް ދަތުރުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1