އެބޯލާ ވައިރަސް ބައެއް ގައުމުތަކުގައި ފެތުރުނަސް. ރާއްޖެއިން މި ބަލި ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، އެބޯލާ އަކީ ބައިނަލް އަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް، ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން ކަމުގައި، ދުނިޔޭ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅައިފި ކަމަށެވެ.
މިދިޔަ ހަފުތާގައި ޑިމޮކްރެޓިކް،ރިޕަބްލިކް އޮފް ކޮންގޯ އަދި އުގާންޑާގައި ވަނީ، އެބޯލާ އައުޓްބްރޭކްގެ ހާލަތު އިއުލާނުކޮށްފައެވެ.
އެޗްޕީއޭ އިން ދަނީ މި ބަލީގެ ހާލަތު މޮނިޓަރ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން، އެ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ވައިރަސް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ޖެހުމުން ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ޖެހޭ ބައްޔަކީ ގައިންގަޔަށް އަރާ، ހަށިގަނޑުގެ ގުނަވަންތައް ފެއިލްކޮށްލާ ނުރައްކާތެރި ބައްޔެކެވެ.