މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، ތިން ސެގްމެންޓެއްގެ 347 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީ އިން ބުނީ،މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ (ފޭސް 1) ދަށުން، ސެގްމެންޓް 2، 3 އަދި 4 ގެ ކޭޕިންގ ކޮންކްރީޓް މަސައްކަތްތައް ފަށައި، 100 މީޓަރުގެ ސަރަހައްދެއްގައި ކޭޕިންގ ކޮންކްރީޓް ނިންމާލެވިފައިވާ ކަމަށެވެެ.އަދި މި ސެގްމެންޓްތަކުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީއިންވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ،މީގެ އިތުރުން، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމާއި، ފެންބޮޑުވުން ކުޑަކުރުމަށް ކެޗްޕިޓްތަކާއި ވެލްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.ހަމައެހެންމެ، އެންކަރ ބްލޮކްތައް ހަރުކުރުމާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.