ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އިންތިޚާބުކުރި އައު މޭޔަރުންނާއި، ކައުންސިލަރުން ހުވާކޮށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާަ ކޮމެޓީއިން އިގުރާރުގައި ސޮއިކޮށްފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައާއި ސިޓީތަކެއްގައި ކުރިއަށްދިޔައީ އިއްޔެއެވެ. ފަހަރުގެ އިންތިޚާބުގައި މުޅި ރާއްޖެއިން ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. މީގެ ތެރެއިން އިންތިޚާބުވި 677 ކައުންސިލަރުންގެ ތެރެއިން 676 ކައުންސިލަރުން ވަނީރަސްމީކޮށް މަގާމުގެ ހުވާކޮށްފައެވެ.އެލްޖީއޭ އިން އާންމުކުރިގޮތުގައި، އިންތިހާބު ނުކުރެވި ވަނީ ދ. މީދޫ ކައުންސިލްގެ ރައީސް އެވެ.
ހުވާކުރުމުގެ ރަސްމިއްޔަތަށްފަހު،ދައުރުގެ ފުރަތަމަ ރަސްމީ ޖަލްސާ ވަނީ ބާއްވާފައެވެ. އެގޮތުން މި ޖަލްސާގައި ކައުންސިލްގެ ނައިބު ރައީސުން ވަނީ އައްޔަންކޮށްފައެވެ.
ފުރަތަމަ ތިން ދައުރުގައި ކައުންސިލްތަކުގެ ދައުރަކީ 3 އަހަރު ކަމަށްވީ ނަމަވެސް، ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙާއެކު 4 ވަނަ ދައުރުން ފެށިގެން ކައުންސިލްތަކުގެ ދައުރު ވަނީ 5 އަހަރަށް ބަދަލުކޮށްފައެވެ. 2010 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ވުޖޫދުވުމާއެކު، ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައެވެ.