މަޖިލީހުގެ ސުޕަ މެޖޯރިޓީ ނުވަތަ 75 ގޮނޑި ރައްޔިތުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ދިނީ އުމު އަލުން އަނބުރާ ހޯދައިދިނުމަށާއި، އަސާސީ ބޭނުންތަކާއި ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަަވަމުން އަބްދުއްރަހީމް ވިދާޅުވީ،ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމާއި، މިނިވަންކަން ދެމެހެއްޓުމާއި، އުމްރާނީ ތަރައްގީއާ އެކު އަދުލު އިންސާފު ގާއިމްކޮށްދިނުމަކީ ރައްޔިތުން ބޭނުންވެގެން އެ މަގާމުތައް ހަވާލުކުރި ސަބަބުތައް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ،ވެރިކަންކުރާ ޕީއެންސީ މިހާރު ތައްޔާރުވަމުންދަނީ އެ ޕާޓީގެ ޚާއްޞަ ކޮންގްރެސްއެއް ބޭއްވުމަށް ކަމަށާއި، ވަރަށް ފުރިހަމަ އަދި ނަމޫނާ ކޮންގްރެސްއެއް ކުރިއަށް އޮތް ތަނުގައި ފަށާނެކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، ޕީއެންސީގެ އެތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރު ހީނަރުކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށާއި، ޕާޓީ އޮތީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ބަދަހިކޮށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. ހަމައެއާއެކު، ރައީސްގެ އަގުވައްޓާލަން ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭންތަކަށް ފާޑުވިދާޅުވެ، ސިޔާސީ ވާދަވެރިކަން ޒާތީ ހަސަދަވެރިކަމަށް ބަދަލުނުކުރުމަށް އިދިކޮޅަށް ވިދާޅުވިއެެވެ.
މަޖިލީހުގައި ނިންމަން ހުރި މުހިންމު މަސައްކަތްތައް ގިނަކަމުން ހިނގަމުންދާ ދައުރު މި މަހުގެ 31 ގެ ނިޔަލަށް ދަންމާލަން ނިންމާފައިވާނެކަން ވެސް އަބްދުއްރަހީމް ހާމަކުރެއްވިއެވެ.