ކުރިއަށް އޮތް އަޟްޙާ އީދާ ގުޅުވައިގެން، މިމަހުގެ 24 އަދި 25 (އާދިއްތަ އަދި ހޯމަ) ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނީ،އީދު ބަންދާ ގުޅިގެން މުވައްޒަފުންނަށް މެދުނުކެނޑި ދިގު ބަންދެއް ދެއްވުމަށް ރައީސް ނިންމެވީ، އާއިލާތަކާއެކު ގިނަ ދުވަހު އުފާވެރި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށެވެ.ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.
މިއަހަރުގެ ބޮޑުޢީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި ސަގާފީ ކުޅިވަރުތައް ވަރަށް ފޯރިއާއެކު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.މިއަހަރުގެ ބޮޑުޢީދު ރަސްމީކޮށް ބާއްވާނެ ރަށްތައް ހޮވުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ މިމަހުގެ9 ވަނަ ދުވަހަށް ހަމަވެފައެވެ.މިހާރު ކުރިއަށްދަނީ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން މާކްސްދީ އިވެލުއޭޓް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1