ސަރުކާރުގެ ޓެކްސީލައިން ކަަމަށްވާ މާލެ ޓެކްސީ ލައިން އިން މިހާތަނަށް 13073 ދަތުރުކޮށްފައިވާ ކަަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް މާލޭ ޓެކްސީ ލައިނުން ކޮށްފައިވާ ދަތުރުތަކުގެ ތަފާސްހިސާބެވެ.އެގޮތުން:
- މާލޭ- 9395 ދަތުރު
- ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް- 429 ދަތުރު
- ހުޅުމާލޭ ފޭސް 1- 1966 ދަތުރު
- ހުޅުމާލޭ ފޭސް 2- 1283 ދަތުރު
މީގެއިތުުރުން،މި ޓެކްސީ ލައިން އިން ޖުމުލަ 9550 މީހުން ވަނީ ހިދުމަތް ހޯދާފައެވެ.ސަރުކާރުން އަލަށް ތައާރަފުކުރި “މާލޭ ޓެކްސީ ލައިން” އަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފެއްޓެވި ހިދުމަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1