ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަދަށް ތާވަލުކުރެވިފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު، މިއަދު ދައްކައި ނިންމާފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ސަރުކާރުން ދަރަނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
“މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި،150 މިލިއަން ޑޮލަރު ގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރެވުނީ. ހަމަ އެފަދައިން ސުކޫކު ވެސް ޕޭ ކޮށް ނިންމީ. މިކަންކަން ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި. ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި.”
ކުރީގެ ދަރަނިތަކާއި ގުޅޭގޮތުން ރައީސް ދެއްވި ތަފްސީލު:
- މި ސަރުކާރުން މިހާތަނަށް ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވެއެވެ. މީގެ ތެރޭގައި 524 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނެއެވެ.
- ންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ތެރެއިން، މިއަދަށް (11 މެއި 2026) މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ވަނީ ދައްކައި ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދައުލަތުގެ ބޮލުގައި އެޅިފައިވާ ބޮޑެތި ދަރަނިތަކުން ގައުމު ސަލާމަތްކުރުމަށް ހިންގާ މުހިންމު ހަރަކާތްތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ރައްޔިތުންނަށް އުފުލަންޖެހިފައިވާ މާލީ ބުރަ ކުޑަކޮށް، ދަރަނިން ސަލާމަތްވެފައިވާ އުފާވެރި މުސްތަޤުބަލެއް ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށާއި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާގޮތަށް، ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
ކުރީގެ ސަރުކާރުން ބަޖެޓް ސަޕޯޓަށް އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ،150މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، މިއަދަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން މިވަނީ ދައްކައި ނިންމާފައެވެ.ފާއިތުވި އަހަރުތަކުގައި މިފަދަ ލޯނުތައް އަނބުރާ ނުދައްކައި، ދައްކަންޖެހޭ މުއްދަތު އައި ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ ދަރަނި ކުޑަކޮށް، ރައްޔިތުންގެ ބޮލުގައި އެޅިފައިވާ މާލީބުރަ އުފުލުމެވެ.
އެގޮތުން، މިހާތަނަށް ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ހިފެހެއްޓުމަށާއި، ދައުލަތުގެ އެއްވެސް މުދަލެއް ރަހުނުނުކޮށް ގައުމު ސަލާމަތްކުރުމުގެ މަޤްޞަދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.