ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން، ކުށުގެ ޝިކާރައަށްވީ މީހާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި،އެ މައްސަލައާ ގުޅޭ ވީޑިއޯ ޑޮކިއުމަންޓަރީއެއް މުޖުތަމައުގެ ތެރޭގައި ފެތުރުން މަނާކޮށް ކޯޓުން އަމުރެއް ނެރެފި އެވެ.
އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛުފުގެ ދަޢުވާ ހުށަހެޅުމާއި ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ، “ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު” ނެރެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި ބުނެފައިވަނީ، އިސްލާމީ ޝަރީޢާގައި ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައަޅާފައިވާ “ޤަޛްފު” ފަދަ އަމަލުތަކުން މީހުންގެ އަބުރު ރައްކާތެރިކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށެވެ.
މި އަމުރުގެ ދަށުން ކްރިމިނަލް ކޯޓުން މަނާކޮށްފައިވާ ކަންކަން:
ވީޑިއޯ ފެތުރުން: ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ “އައިޝާ”ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި އެއްވެސް ސިފައެއްގައި ދައުރުކުރުން
އެ ޑޮކިއުމަންޓަރީގައި ހިމެނޭ ވާހަކަތަކާ ގުޅުވައިގެން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް މައްސަލައިގެ ހަސްމުންނާ ބެހޭގޮތުން ވާހަކަދައްކައި މައްސަލަ ކޮޅެއްގައި ޖެއްސުން
ސިއްރު އަޑުއެހުން: މައްސަލައިގެ ބާވަތުންނާއި، ކުށުގެ ޝިކާރައަށްވީ މީހާގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.
މައްސަލަ ފެށުނީ 28 މާރިޗު 2026 ގައި “އަދަދު” ނޫހުން “އައިޝާ” ގެ ނަމުގައި އާންމުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެންނެވެ. މި ވީޑިއޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން، ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.ސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ އެމަނިކުފާނުގެ އަބުރު ކެނޑުމަށް ހިންގާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ،