އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ، . ‘ފިނި ފިނި ޕްރޮމޯ’ ގެ ނަމިގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް މިހާރު ލިބޭނެ ކަމަށެވެ.މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ. ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ،
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ5 ވަނަ ދުވަހުން ފެށިގެން ޖުލައި މަހު5 ވަނަ ދުވަހާއި ހަމައަށެވެ. މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ހިޓާޗީއަކީ ރާއްޖޭގެ މާހައުލާ ގުޅޭ، ކަރަންޓަށް އިޤްތިޞާދީ އިންވާޓާ ޓެކްނޮލޮޖީއަށް ދިވެހިންގެ ބޮޑު އިތުބާރެއް ލިބިފައިވާ ބްރޭންޑަކަށް ވުމާއެކު، އެސްޓީއޯއަކީ ރާއްޖޭގައި މި ބްރޭންޑުގެ ރަސްމީ އެޖެންޓުގެ ހައިސިއްޔަތުން ފުރިހަމަ އާފްޓާ ސޭލްސް ސާވިސް ފޯރުކޮށްދޭ ކުންފުންޏެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެކެވެ.