ރާއްޖެއަށް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންތެރި ސިޔާސަތުތައް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި އޮތް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ، މި ދަތި އުނދަގޫ ހާލަތްތަކާއެކު ވެސް ފާއިތުވި ދެ އަހަރު ދުވަހު ފެނިގެންދިޔައީ ގައުމުގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރި މަަސައްކަތްތައް ކަމަށެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއި،ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ އިތުުރުން، ޑޮމެސްޓިކް22 އެއާޕޯޓާއި،4 އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސޯދީގޮތުން ދަތި ދަނޑިވަޅުގައި ކުރެވުނު ކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދު ކުރިއެރުވުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް ސާބިތުކަމާއެކު ތަންފީޒުކުރުން ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކުރުމުގެ ބަދަލުގައި، ވިޔަފާރިއާއި އިގްތިސޯދީ މުހިންމު ސްޓްރެޖިކް ހަބަކަށް ރާއްޖެ ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.ރާއްޖެއާއި ލަންކާއަކީ ވެސް ކުދި ޖަޒީރާ ގައުމުތަކަކަށް ވުމުން، ދެ ގައުމަށް ކުރިމަތިވާ އިގްތިސޯދީ ހަގީގަތްތައް އެއްގޮތްކަން ސައީދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެތެރޭގެ ބާޒާރު ކުޑަވުމާއި ބޭރުގެ ނުފޫޒުތަކުން ކުރިމަތިވާ ނުރައްކާތައް ހިމެނޭއިރު، އައު އީޖާދުތަކާއެކު އިގްތިސޯދު ސިންދަފާތުކުރުން މުހިންމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުން އާ ގުޅުންތަކެއް ޤާއިމުކުރުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.