ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެކަމާ ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޚާއްސަކޮށް، ޢުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަށްފަހު ދަތުރު ނުކުރެވުމުގެ މައްސަލަތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެނެވޭނީ ޚާއްސަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، އަލަށް އެކުލަވާލެވޭ ޤާނޫނުގައި ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ސާފުކޮށް ބަޔާންކުރަންޖެހެއެވެ. އަދި ޚިދުމަތް ދިނުމުގައި އިހުމާލުވާ ނުވަތަ ކުށްކުރާ ކުންފުނިތަކަށް އަދަބު ދެވޭނެ ހަރުދަނާ ނިޒާމެއް މި ޤާނޫނުގެ ތެރެއިން ތަންފީޒު ކުރެވޭނެއެވެ.
“މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ.”ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެހެނިހެން ޤައުމުތަކުގައި ވެސް މި ޚިދުމަތް ތަރުތީބުކޮށްފައިވަނީ މިފަދަ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ކަމެއް. ޤާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ،” ވަޒީރު ވިދާޅުވިއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން، ޙައްޖު ކޯޓާއާ ގުޅޭގޮތުން ވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ. ވަޒީރު ވިދާޅުވީ، މިވަގުތު ސަޢުދީ ޢަރަބިއްޔާއިން އެއްވެސް ޤައުމަކަށް ކޯޓާ އިތުރުކޮށްދިނުން މަޑުޖައްސާލާފައިވަނީ ޙަރަމްފުޅު ސަރަޙައްދުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެ މަޝްރޫޢުތައް ނިމި ކޯޓާ އިތުރުކުރަން ފެށުމުން، ރާއްޖެއަށް ވެސް އެ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އަދި ޙައްޖު ކިއޫގައި ގިނަ ބަޔަކު ތިއްބާ، އެކިއެކި ކުންފުނިތަކުންނާއި މުއައްސަސާތަކުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުސަތު ދިނުމަކީ ކުރީއްސުރެ ހިނގަމުން އަންނަ ކަމެއް ނަމަވެސް، މި ސަރުކާރުން އެކަން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ދިނުމުގައި އަމިއްލަ ބައެއް ކުންފުނިތަކުން އިހުމާލުވެ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަތައް ފެންމަތިވެފައިވާތީ، މިފަދަ ޤާނޫނެއް ވުޖޫދަށް އައުމަކީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވެ،