މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެބް އެޕް މެދުވެރިކޮށް މާލެ ޓެކްސީ ލިބޭގޮތް ހަދައިފިއެވެ.
އެމްޓީސީސީ އިން ވަނީ މާލެ ޓެކްސީގެ ހިނދުމަތް އިތުރަށް ފަސޭހަ ކުރުމަށްޓަކައި ވެބްއެޕެއް ތައާރަފްކޮށް، އެޕުގެ ހިދުމަތް ދޭން ފަށާފައެވެ. މިހާރުވެސް1655 އަށް ގުޅާލުމުން ޓެކްސީ ހޯދޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ވެބްއެޕުން ދަތުރު ހޯދާނެ ގޮތް:
- އަމިއްލަ ނަންބަރު އެސްއެމްއެސް ކޯޑް މެދުވެރިކޮށް ވެރިފައި ކޮށްލާ
- ދަތުރު ކުރާ ޕަސެންޖަރުންގެ އަދަދާއި ގެންދާ ލަގެޖްގެ އަދަދުވެސް ޖަހާލާ
- ޕިކްއަފް ކުރަންވީ އަދި ޑުރޮޕް އޮފް ކުރަންވީ ތަން ލިޔެލާ
- ޑުރައިވަރައިވަރު ބަލާއައުމުން ޕިކްއަޕް ކޯޑު ޑުރައިވަރަށް ދިނުމަށްފަހު، ފައިސާ ދައްކާ
ދެން ޑުރައިވަރު ޕިކްއަޕް ކޯޓު ޖެހުމުން ދަތުރު ހަމަޖެހިގެން ދާނެ އެވެ.
އެމްޓީސީސީން ފާއިތުވެ ދިޔަ2 ހަފްތާގައި މާލެ ޓެކްސީލައިންގެ ހިދުމަތް ދީފައި ވަނީ ހިލޭއެވެ. ނަމަވެސް، މިއަދުން ފެށިގެން ދަރުތަކަށް ފައިސާ ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މާލެ ޓެކްސީ ލައިނުން ނަގާނީ މިހާރު ވެސް ސަރުކާރުން ކަޑައަޅާފައިވާ އަގުތަކެވެ.
މި ހިދުމަތާއެކު ރައްޔިތުންނަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށާއި، އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް މި ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރަމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.