ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
އެގޮތުން، ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޡިމް އިބްރާހީމް
- ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހީމް
- ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް
- އެގްރިކަލްޗާ މިނިސްޓަރު ޑރ މަރްޔަމް މާރިޔާ
- ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
- ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު
- ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު އަހްމަދު
ރައީސް ވަނީ 10 މިނިސްޓަރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ނަޖާހް ވަނީ ވަކިކޮށްފަ އެވެ. އަދި ޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސައިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފަ އެވެ.