އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް އިސްތިއުފާ ދެއްވައިފި އެވެ.
މިނިސްޓަރ މާރިޔާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ވަރަށް ގިނަ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ‘ހިރިޔާ’ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ނަޖާހް ވަނީ ވަކިކޮށްފަ އެވެ. އަދި ޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސައިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފަ އެވެ.